التكاثر
At-Takaathur
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَلۡهَىٰكُمُ ٱلتَّكَاثُرُ
Open ayah 102:1، ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.
حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ
Open ayah 102:2، ތިޔަބައިމީހުން (ދުނިޔޭގައި މުދާ ގިނަކުރުމާއި ދަރިންގިނަކުރުމާއި އެކަކު އަނެކަގެ މައްޗަށް ފަޚްރުވެރި ވުމާއި) މިބާވަތުގެ ކަންކަމުގައި މަޝްޣޫލް ވެގެން ތިޔަ ތިބެނީ ތިޔަބައިމީހުން މަޤްބަރާ ތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެވެ. އެބަހީ މަރު އަތުޖެވެއްޖައުމަށް ދާންދެނެވެ.
كَلَّا سَوۡفَ تَعۡلَمُونَ
Open ayah 102:3ދެން ހަމައެއްގޮތަކަށްވެސް އެހެނެއްނުވާނެއެވެ. ނިކަންހުރެ އޭގެ (ނުބައިކަން) ތިޔަބައިމީހުންނަށް އެނގިދާނެއެވެ. އެއީ ޤިޔާމަތް ދުވަހުންނެވެ.
ثُمَّ كَلَّا سَوۡفَ تَعۡلَمُونَ
Open ayah 102:4ދެން ހަމައެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (އެކަންކަން ނޭގި ނުދާނެއެވެ.) ނިކަންހުރެ ތިޔަބައި މީހުންނަށް އެކަންކަން (އެކަމުގެ ނުބައިކަން އެނގިދާނެއެވެ.)
كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ
Open ayah 102:5އެއްގޮތަކަށްވެސް އެހެން ނޫނެވެ. ތިޔަބައިމީހުންނަށް ޝައްކެއްނެތި ޔަޤީނަށް އެކަމުގެ ނުބައިކަން އެނގޭނަމަ އެހެން ނުހެދީހެވެ. (މުދަލާއި ދަރިން ގިނަކުރުމުގައި ﷲގެ ކިޔަމަންތެރިކަން ދޫކޮށް ޣާފިލު ނުވީހެވެ. މަޝްޣޫލު ނުވީހެވެ.)
لَتَرَوُنَّ ٱلۡجَحِيمَ
Open ayah 102:6ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހިން ނަރަކަ ދެކޭނެކަން ކަށަވަރެވެ.
ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ
Open ayah 102:7ދެން އެދުވަހުން އެއްވެސް ޝައްކެއްނެތި ޔަޤީންގެ ލޮލަކުން ތިޔަބައިމީހުން އެނަރަކަ ދެކޭނެއެވެ.
ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ
Open ayah 102:8ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢްމަތަކާއި މެދު ކަނޑައެޅިގެން ތިޔަބައި މީހުންނާއި ސުވާލު ވެވޭނެއެވެ.