العصر

Al-Asr

The Declining Day, Epoch · Surah 103 · Ayahs: 3 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلۡعَصۡرِ

    Open ayah 103:1

    ރޭގަޑާއި ދުވާލު އެކުލެވިގެންވާ ޒަމާން ގަންދެއްވައި ނުވަތަ عَصْرُ ވަގުތު ގަންދެއްވައި ﷲ ހުވައި وَحِي ކުރައްވައެވެ. (އެހުވައިގެ ޖަވާބަކީ)

  2. إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ

    Open ayah 103:2

    ހަމަކަށަވަރުން އެންމެހައި އިންސާނުންވަނީ ގެއްލި ހަލާކުވުމެއްގައެވެ. (އެގެތެރެއިން ﷲ އިސްތިސްނީ ކުރައްވާފައިވަނީ ވަކިބައެކެވެ. އެމީހުންފިޔަވައި އެހެން ހުރިހާމީހުންނަކީ ގެއްލި ހަލާކުވުމެއްގައިވާމީހުންނެވެ. އެމީހުންނަކަށް އެއްވެސް ގެއްލުމެއްނެތެވެ. އެމީހުންނަށް އޮތީ ފައިދާއެވެ. އެއީ ހަތަރުސިފައެއް އެކުލެވިގެންވާ ބައެކެވެ.)

  3. إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ

    Open ayah 103:3

    އީމާންވެގެންވުން. (އެބަހީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި އަދި އެކަލޭގެފާނު ގެންނެވި އެންމެހައި ކަމަކަށް ވެސްއީމާންވެގެންވުމެވެ. (އިމާންވެގެންވާމީހުންނެވެ.) • އަދިއެޔާއި އެކު صَالِحُ عَمَلُ ކުރުމެވެ. އެއީ ރަސޫލާ އެންގެވިކަންތައްތައް އެ އެންގެވިފަދައަކުން ކުރުމެވެ. އަދި ނުކުރާން އެންގެވި ކަންތައްނުކުރުމެވެ. (صَالِحُ عَمَلُ ކުރާމީހުންނެވެ.) • އަނެއްކަމަކީ އެކަކު އަނެކަކަށް حَقُّ އަށް وَصِيَّة ކުރުމެވެ. (އެބަހީ އިސްލާމުދީނަށް އުޅުމަށް އެކަކު އަނެކަކަށް وَصِيَّة ކުރުމެވެ. (އެފަދައިން އެކަކު އަނެކަކަށް وَصِيَّة ކުރާމީހުންނެވެ.) • ހަތަރުވަނަ ކަމަކީ ކެތްތެރިވުމަށް އެކަކު އަނެކަކަށް وَصِيَّة ކުރުމެވެ. އެބަހީ ދީނަށް ގޮވައި ލުމުގައި ދިމާވާ ދަތިތަކަށް ކެތްކުރުމެވެ. އެފަދައިން އެކަކު އަނެކަކަށް وَصِيَّة ކުރުމެވެ. (އެފަދައިން އެކަކު އަނެކަކަށް وَصِيَّة ކުރާމީހުންނެވެ.) އަދި ދީނުގެ ކަންތައްތައްކުރުމުގައިވެސް ކެތްތެރިވުމެވެ. މިއެވެ. މިބަޔާންވެދިޔަ ސިފަތައްހުރިމީހުން މެނުވީ ދެންތިބި އެންމެންނީވެސް ގެއްލުމާއި ހަލާކެއްގައިވާބައެކެވެ.