الهمزة
Al-Humaza
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ
Open ayah 104:1މީހުނގެ މޫނުމަތީގައްޔާއި ކުރިމަތީގައްޔާ އަދި ފުރަގަހުން މީހުންނަށް غِيْبَ ކިޔާ ކޮންމެމީހަކަށް وَيْلُ ހުއްޓެވެ. އެއީގަދަވެގެންވާ ޢަޒާބެވެ. ނަރަކައިގެ ވަކިވާދީއެކެވެ.
ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ
Open ayah 104:2އެމީހާމުދާ ޖަމާކޮށް ޢަދަދުކޮށް ހަދައެވެ.
يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ
Open ayah 104:3އަދިއޭނާ ހީކުރަނީ އެމުދާ އޭނަމަރުވިޔަނުދީ ދުނިޔޭގައި ދާއިމީގޮތެއްގައި ބަހައްޓާނެކަމަށެވެ. (އެފަދަމީހުން މީހުންނަށް މަލާމާތްކޮށް غِيْبَ ކިޔައި ހަދަނީ މުދާގިނަކަމުން އެކަމުގެ فَخْرُ ގައެވެ. އޭނާހީކުރަނީ މުދާ އެނާ ހިފަހައްޓާނެކަމަށެވެ. މިއީ މިބާވަތުގެ ކޮމެމީހެއްގެ ލަފައެވެ.)
كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ
Open ayah 104:4އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ޤިޔާމަތްދުވަހުން އެފަދަމީހުން حُطَمةَ އެވެކިޔޭ ނަރަކައަށް އެއްލައިލެވޭނެއެވެ. (حُطَمةَ އަކީ އެތާގެހޫނުގަދަކަމުން އެއަށްލެވޭކޮންމެއެއްޗެއް ހަލާކުކޮށް ކުދިކުދި ކޮށްލާތަނެކެވެ.)
وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ
Open ayah 104:5އަދި حُطَمةَ އެއީ ކޮންއެއްޗެއްކަން ކަލޭގެފާށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ އެއީ ކޮންފަދަ ނުރައްކާ ތަނެއްހެއްޔެވެ؟
نَارُ ٱللَّهِ ٱلۡمُوقَدَةُ
Open ayah 104:6އެއީ ﷲ ގެ އަލިފާނެވެ. - (ﷲ އަށް އެއަލިފާން ނިސްބަތްކުރުމަކީ އޭގައިހޫނުގަދަވާނެކަމުގެ ދަލީލެވެ.)
ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ
Open ayah 104:7އެއަލިފާން ހިތްތަކަށްފޯރާނެއެވެ. (އޭރުން އޭގެވޭނާއި ކެކުޅުން ޙިޔާލުވެސް ނުކުރެވޭހާ ގަދަވާނެއެވެ.)
إِنَّهَا عَلَيۡهِم مُّؤۡصَدَةٞ
Open ayah 104:8އެމީހުން އެތަނުން ނުނުކުމެވޭގޮތަށް އެތަން ބަންދު ކުރެވިގެންވެއެވެ.
فِي عَمَدٖ مُّمَدَّدَةِۭ
Open ayah 104:9ދެމިގެންވާ ތަނބުތަކެއްގައި ވަރުގަދައަކަށް އެމީހުން ބަނދެވިގެންވާނެއެވެ.