الفاتحة

Al-Faatiha

The Opening · Surah 1 · Ayahs: 7 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

  1. بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

    Open ayah 1:1

    ފުރަތަމަ أَعُوذُ ގެމާނަ: ހެޔޮކަމާދުރުވެގެންވާ އަދި لَعْنَة ލެއްވި ފައްސައިލެވިގެންވާ شيطان އާގެ ފަރާތުން ސަލާމަތްވެ ރައްކާތެރިވުމަށް ﷲ ގެ حضرة ން މިއަޅާ حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ------------- ﷲ ގެ ނަންފުޅުން އަޅުފަށަމެވެ. އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ކޮށް ދުނިޔޭގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނު އަޅުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

  2. ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

    Open ayah 1:2

    އެންމެހައި تَعْرِيف އާއި ثَنَاء خاصّ ވެ މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ތަރްބިއްޔަތު ކުރައްވާ އެތަކެތީގެވެރި ކަލާނގެއެވެ. (عَالَم ތަކަކީ ﷲ ފިޔަވައި ދެންހުރި ހުރިހާއެއްޗެކެވެ. والله أعلم.)

  3. ٱلرَّحۡمَٰنِ ٱلرَّحِيمِ

    Open ayah 1:3

    އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

  4. مَٰلِكِ يَوۡمِ ٱلدِّينِ

    Open ayah 1:4

    އެކަލާނގެއީ عمل ތަކަށް ހިސާބުބައްލަވާ ޖަޒާދެއްވާ ދުވަހުގެ ވެރިކަލާނގެއެވެ.

  5. إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ

    Open ayah 1:5

    (އަޅަމެންގެ رَبُّއެވެ.) އަޅަމެން އަޅުކަންކުރަނީ (އަދިކުރާނީވެސް) އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ (އަދިއެދޭނީވެސް) ހަމަ އިބަރަސްކަލާނގެ حضرة ންނެވެ.

  6. ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ

    Open ayah 1:6

    އަޅަމެނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ.

  7. صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ

    Open ayah 1:7

    އެއީ އިބަރަސްކަލާނގެ އެބޭބޭކަލުންނަށް نعمة ލެއްވި (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާއި ޝަހީދުންނާއި صدّيق ންފަދަ) ބޭބޭކަލުންގެ މަގެވެ. އަދި (ޔަހޫދީންފަދައިން) ކޯފާލެއްވުނު މީހުންގެ މަގެއްނޫނެވެ. އަދި (نصارى އިންފަދައިން) މަގުފުރެދުނުމީހުންގެ މަގެއްވެސްނުމެނޫންމެއެވެ. • ދަންނައެ! آمين މިކަލިމައަކީ الحمد ގެ ބައެއްނޫނެވެ. އެއީ خاصّ دعاء އެކެވެ. އޭގެ މާނައަކީ އަޅަމެންގެ دعاء އިޖާބަކުރައްވާނދޭވެ. މިއެވެ. • أَعُوذ އާއި بِسْم އާއި އަދި الحمد ގައި އެކުލެވިގެންވާ ބައެއް ކަލިމައާއިމެދު تفسير علم ވެރިން ދައްކަވާފައިވާ ދިގު تَفْصِيل ވާހަކައާއި إِخْتِلاَفُ މިކުޑަކުޑަ ތަރުޖަމާއަށް އުފުލައިގަނެވޭވަރު ނުވާތީއެވާހަކަތައް ﷲ توفيق ދެއްވި އެހެން ވަގުތެއްގައި ކޮންމެވެސް މިންވަރަކަށް بيان ކޮށްދިނުމުގެ قصد ގައި އިހަށް ބޭއްވީއެވެ. އެވާހަކަތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެވޭތޯ ޤަލަމްކޮޅުތައް حركات ކުރެއްވި ބޭބޭކަލުންނަށް ﷲ ހެޔޮ رحمة އާއި މާތް ދަރަޖަދެއްވާނދޭވެ! އަޅަމެން އޭގައި شامل ކުރައްވާނދޭވެ! آمين آمين آمين.