الليل
Al-Lail
Translation: Dhivehi - Office of the President of Maldives · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلَّيۡلِ إِذَا يَغۡشَىٰ
Open ayah 92:1ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلنَّهَارِ إِذَا تَجَلَّىٰ
Open ayah 92:2ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ.
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
Open ayah 92:3އަދި ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ.
إِنَّ سَعۡيَكُمۡ لَشَتَّىٰ
Open ayah 92:4ހަމަކަށަވަރުން، ތިޔަބައިމީހުންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ
Open ayah 92:5ފަހެ (މުދަލުން) ހޭދަކޮށް (اللَّه އަށް) تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!
وَصَدَّقَ بِٱلۡحُسۡنَىٰ
Open ayah 92:6ފަހެ (މުދަލުން) ހޭދަކޮށް (اللَّه އަށް) تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ
Open ayah 92:7ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ
Open ayah 92:8އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!
وَكَذَّبَ بِٱلۡحُسۡنَىٰ
Open ayah 92:9އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!
فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ
Open ayah 92:10ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ
Open ayah 92:11އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
إِنَّ عَلَيۡنَا لَلۡهُدَىٰ
Open ayah 92:12ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ
Open ayah 92:13އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ
Open ayah 92:14ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ.
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
Open ayah 92:15ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.
ٱلَّذِي كَذَّبَ وَتَوَلَّىٰ
Open ayah 92:16އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.
وَسَيُجَنَّبُهَا ٱلۡأَتۡقَى
Open ayah 92:17އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.
ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ
Open ayah 92:18އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ
Open ayah 92:19އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ
Open ayah 92:20އެހެނެއްކަމަކު (އޭނާ ހޭދަކުރަނީ) އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ.
وَلَسَوۡفَ يَرۡضَىٰ
Open ayah 92:21އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.