القارعة
Al-Qaari'a
Translation: Dhivehi - Office of the President of Maldives · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡقَارِعَةُ
Open ayah 101:1ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ.
مَا ٱلۡقَارِعَةُ
Open ayah 101:2ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
Open ayah 101:3އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
Open ayah 101:4ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
Open ayah 101:5އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
Open ayah 101:6ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!
فَهُوَ فِي عِيشَةٖ رَّاضِيَةٖ
Open ayah 101:7ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
Open ayah 101:8އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!
فَأُمُّهُۥ هَاوِيَةٞ
Open ayah 101:9ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.
وَمَآ أَدۡرَىٰكَ مَا هِيَهۡ
Open ayah 101:10އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
نَارٌ حَامِيَةُۢ
Open ayah 101:11އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.