الناس
An-Naas
Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
Open ayah 114:1(رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެ! އެންމެހައި މީސްތަކުން ހައްދަވައި ތަރުބިއްޔަތުކުރައްވައި އެއްމެހައި މީސްތަކުންވެރި رَبُّ،
مَلِكِ ٱلنَّاسِ
Open ayah 114:2އަދި އެންމެހަމީސްތަކުންގެ ވެރި،
إِلَٰهِ ٱلنَّاسِ
Open ayah 114:3އަދި އެންމެހައިމީސްތަކުންގެ إِلَهُ (މީސްތަކުން އެފަރާތަށް އަޅުކަން ކުރުން حَقُّ ވެގެންވާ إِلَهُ) ކަމުގައިވާ ކަލާނގެ حَضْرَةُ ން މިއަޅާ ސަލާމަތާއި ރައްކާތެރިކަމާއި އަދި حِمَايَةُ ލިބިގަންނަނީ،
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
Open ayah 114:4خَنَّاسُ އެކިއުނު އިބްލީހުގެވަސްތަކުން ސަލާމަތްވެ ރައްކާތެރި ވުމަށެވެ. خَنَّاسُ އަކީ ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހޭ އެއްޗެވެ. ފަހެ ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ކޮށް އެކަލާނގެ ހަދާންކުރުމުން އެއިބްލީސް ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހެއެވެ. އަދި ﷲގެ އަޅާ އެކަލާނގެ އަށް ذِكْرُ ނުކޮށް އެކަލާނގެ މަތިން ހަދާން ނެތިއްޖެއްޔާ އެއިބްލީސް ފާޅުވެ ވަސްވާސްދޭންފަށައެވެ. ވަސްވާހަކީ އަޑަކާއި ނުލައި ހިތަށްވައްދާ ވާހަކަތަކާއި ޚިޔާލު ތަކެވެ.
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ
Open ayah 114:5خَنَّاسُ އެވެކިޔޭ އިބްލީސް މީސްތަކުންގެ ހިތްތަކަށް ވަސްވާސްކުރެއެވެ.
مِنَ ٱلۡجِنَّةِ وَٱلنَّاسِ
Open ayah 114:6ޖިންނީންގެތެރޭގައްޔާއި އަދި އިންސާނުންގެތެރޭގައިވެސް މި خَنَّاسُ އުޅެއެވެ. ޖިންނީންގެ خَنَّاسُ އިންސާނުންނަށް ވަސްވާސްކުރެއެވެ. އަދި އިންސާނުންގެ خَنَّاسُ ޖިންނިންނަށް ވަސްވާސް ކުރެއެވެ. މިއީ އާޔަތުގެ އެއްތަރުޖަމާއެވެ. އަނެއްތަރުޖަމާއަކީ؛ خَنَّاسُ އެވެކިއުނު އިބްލީސް އިންސާނުންނަށާއި އަދި ޖިންނީންނަށްވެސް ވަސްވާސްކުރެއެވެ. މިއެވެ. މިދެގޮތަށް ތަރުޖަމާވެއެވެ. والله أعلم.