الفلق

Al-Falaq

The Dawn · Surah 113 · Ayahs: 5 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ

    Open ayah 113:1

    (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި رَبُّ ގެ ޙަޟްރަތުން ތިމަންކަލޭގެފާނު ސަލާމަތާއި ޙިމާޔަތާއި ރައްކާތެރިކަން ލިބިގަންނަމެވެ.

  2. مِن شَرِّ مَا خَلَقَ

    Open ayah 113:2

    އެއީ އެކަލާނގެ ހެއްދެވި ތަކެތީގެ ނުބައިކަމުންނެވެ. (އެބަހީ ނުބައި ކަމެއް އެއެއްޗެއްގައިވާ ކޮންމެ އެއްޗަކުންނެވެ.)

  3. وَمِن شَرِّ غَاسِقٍ إِذَا وَقَبَ

    Open ayah 113:3

    އަދި (ރޭގަނޑުގެ) އަނދިރިކަން އައިސް އަނދިރިކަން ފެތުރިގަނެއްޖެއްޔާ އެއަނދިރިކަމުންވެސް ރައްކާތެރިވެ ސަލާމަތްވުމަށް ފަތިހުގެ ވެރި رَبُّ ޙަޟްރަތުން އެދެމެވެ.

  4. وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ

    Open ayah 113:4

    އަދި سِحْر ހަދާފައި ގޮށްޖަހައި އެގޮށަށް ފުމޭ އަންހެނުންގެ ނުބައި ކަމުންވެސް ޙިމާޔަތް ލިބިގަންނަނީ ފަތިހުގެ ވެރި رَبُّ ގެ ޙަޟްރަތުންނެވެ. ދަންނައެވެ. سِحْر ހެދުމުގައި އަންހެނުންނަކީ ބޮޑުބައެއް ކުޅޭ ބައެއް ކަމުގައި ވީތީ އަންހެނުންގެ ނަން އައިސްފައިވަނީ ކަމުގައި ފެނެއެވެ. والله أعلم.

  5. وَمِن شَرِّ حَاسِدٍ إِذَا حَسَدَ

    Open ayah 113:5

    އަދި حَسَد ވެރިން ލާ حَسَد ގެ ނުބައިކަމުންވެސް ސަލާމަތް ކޮށްދެއްވައި ރައްކާތެރިކަމަށްވެސް ފަތިހުގެ ވެރި رَبُّ ގެ ޙިމާޔަތާއި ސަލާމަތް ލިބިގަންނަމެވެ. މިހުރިހައި ނުބަޔަކުން ސަލާމަތްވެ ރައްކާތެރި ވުމަށް ފަތިހުގެވެރި رَبُّ ގެ ޙިމާޔަތާއި ސަލާމަތަކަން ލިބިގަންނަމެވެ.