الكافرون
Al-Kaafiroon
Translation: Dhivehi - Office of the President of Maldives · Open the surah
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ
Open ayah 109:1ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ!
لَآ أَعۡبُدُ مَا تَعۡبُدُونَ
Open ayah 109:2ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
Open ayah 109:3އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ
Open ayah 109:4އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
Open ayah 109:5އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
لَكُمۡ دِينُكُمۡ وَلِيَ دِينِ
Open ayah 109:6ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ.