الماعون

Al-Maa'un

Almsgiving · Surah 107 · Ayahs: 7 · Meccan

Translation: Dhivehi - Abu Bakr Ibrahim Ali (Bakurube) · Open the surah

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ

    Open ayah 107:1

    (އޭމަތްވެގެންވާ ރަސޫލާއެވެ!) ހިސާބު ބެއްލެވުމާއި ޖަޒާދެއްވުން ދޮގުކުރާމީހާއަށް ކަލޭގެފާނު ބެއްލެވީމުތޯއެވެ؟ އެމީހާގެ ޚަބަރު ނިކަން ދެއްވައި ބައްލަވާށެވެ. (އެމީހަކީ العَاصُ بْنُ وَائِلُ السّهمى ކަމުގައި ބުނެވުނެވެ. އަދިއެއީ الوَلِيْد بْنُ المُغِيْرَة ކަމުގައި ބުނެވުނެވެ. ނުވަތަ މުނާފިޤުން ކުރެކޮންމެވެސް މީހަކު ކަމުގައި ބުނެވުނެވެ. والله أعلم.)

  2. فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ

    Open ayah 107:2

    ފަހެ އެމީހާއަކީ ޔަތީމު ކުދިންނަށް އެކުދިންގެ حَقُّނުދީ ދުރުކުރާމީހާއެވެ. އެކުދިންނަށް އަނިޔާކުރާމީހާއެވެ.

  3. وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ

    Open ayah 107:3

    އަދި މިސްކީނުންނަށް ތިމާއަމިއްލައަށްވެސް ކާއެތިކޮޅު ނުދީ އަދި އެކަމަށް އެހެންމީހުންނަށްވެސް ހިތްވަރު ނުދޭމީހެކެވެ.

  4. فَوَيۡلٞ لِّلۡمُصَلِّينَ

    Open ayah 107:4

    ފަހެ ނަމާދުކުރާމީހުންނަށް ނަރަކައިގެ ގަދަ ޢަޒާބު ހުންނަހުއްޓެވެ.

  5. ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ

    Open ayah 107:5

    އެމީހުންނަކީ ނަމާދުގެމަތީން ހަދާންނެތި އަދި غَافِلُ ވެގެންތިބެފައި ގޮސް ނަމާދުކުރާމީހުންނެވެ. (އެއީ شَرْعِى ޢުޒުރެއްނެތި ވަގުތު ލަސްކޮށްފައިގޮސް ނަމާދު ކުރާމީހުން ކަމުގައި ބެލެވެއެވެ.) ނުވަތަ އެއީ މުނާފިޤުން ކުރާގޮތަށް ނަމާދުކުރާމީހުންނެވެ. އެއީ މީހުން ބަލަންތިބިއްޔާ ގޮސް ނަމާދު ކޮށްފައި މީހުން ބަލަންނެތިއްޔާ ނަމާދު ނުކުރާމީހުން ކަމުގައި ބުނެވުނެވެ.

  6. ٱلَّذِينَ هُمۡ يُرَآءُونَ

    Open ayah 107:6

    އެމީހުންނަކީ ދެއްކުމަށް (އަޅުކަން) ކުރާމީހުންނެވެ.

  7. وَيَمۡنَعُونَ ٱلۡمَاعُونَ

    Open ayah 107:7

    އަދިއެމީހުންނަކީ الْمَاعُونَ މަނާކުރާމީހުންނެވެ. (އެއީ ވަޅި ފުރޯ އުދަލި ފަދަ އަދިމިނޫންވެސް ގެވެހިކަންވާރެވެ. އެއީ ވަގުތީގޮތަށް ބޭނުންކޮލާފައި ގެނައުމަށް ގެންދެވޭ ތަކެއްޗެވެ.) އެފަދަތަކެތި އެގޮތުގެމަތީންދިނުމަކީ އެދެވޭކަމެކެވެ.